އެމްޕީއެލް ޓަވަރަކުން ވެއްޓުނު މީހާ މަރުވެއްޖެ

އެމްޕީއެލް ޓަވަރަކުން މީހަކު ވެއްޓުން -- ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލްގެ ޓަވަރަކުން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި އެމްޕީއެލްގެ ޓަވަރެއްގެ ހަތްވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އަންހެނެކެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވެސް ވަނީ އެ މީހާ މަރުވެފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.