އީދު ޗުއްޓީއަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި 

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މާލެ ވަޑައިގެންނެވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ ދަތުރުފުޅަށްފަހު މިރޭ ވަނީ މާލެ ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމެއް ކަށަވަރެއް ނުވެއެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްކަމުގެ ހުވާކުރެއްވި ފަހުން ރައީސް އެންމެ ގިނައިން ވަޑައިގެންނެވި ގައުމަކީ ސިންގަޕޫރެވެ. އެގޮތުން އެ މަނިކުފާނު ވަނީ ފަސް ނުރަސްމީ ދަތުރުފުޅަކާއި އެއް ރަސްމީ ދަތުރުފުޅު ކުރައްވައިފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ސިންގަޕޫރަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދިޔަ އަހަރު ރައީސް ވަނީ ތިން ފަހަރެއްގެ މަތިން ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ގައި ކުރެއްވި ރަސްމީ ދަތުރުފުޅާއި މިދިޔަ ޖުލައި 31 ގައި ކުރެއްވި ނުރަސްމީ ދަތުރުފުޅު އަދި އާ އަހަރާ ދިމާކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކުރެއްވި ދަތުރުފުޅެވެ.