ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލުނު ކަމުގެ ރިޕޯޓު ފަތިހު 5:40 ހާއިރު ލިބިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ.

އެ ޒުވާނާ ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.