ދިވެހި ސިފައިންގެ ހިދުމަތަށް 21 އަހަރު ހިދުމަތް ކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން (ސނ: 5536) މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ
ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނަކީ ދިވެހި ސިފައިންގެ ހިދުމަތަށް 21 އަހަރާއި 7 މަހާއި 16 ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
ހުސައިން އަބްދުއްރަހުމާން ނިޔާވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ވަގުތުގައި މަރުހޫމުގެ އާއިލާއަށާއި ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދެންނެވި އެވެ. އަދި މާތްالله މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާ ކުރައްވައިފަ އެވެ.


