ވޯލްޑް
ކަޕް

ސްވިޒަލެންޑުން މުހިންމު މޮޅަކާއެކު އުންމީދު އާކޮށްފި 

ގޯލު ޖެހުމަށްފަހު ސްވިޒަލެންޑުގެ މަންޒަމްބީ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ބީ“ ގައި، ސްވިޒަލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްވިޒަލެންޑުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހި، އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ސްވިޒަލެންޑުން ވަނީ އެޓޭކު އިތުރަށް ވަރުގަދަ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ޔޯހަން މަންޒަމްބީ ސްވިޒަލެންޑަށް ލީޑު ނަގައިދިން އިރު، 85 ވަނަ މިނެޓުގައި ރޫބެން ވާގަސް ދެވަނަ ގޯލު ކާމިޔާބުކުރިއެވެ. މެޗުގެ 90 ވަނަ މިނެޓުގައި މަންޒަމްބީ އޭނާގެ ދެވަނަ ގޯލު ޖަހައި ސްވިޒަލެންޑަށް ތިން ގޯލުގެ ލީޑެއް ހޯދައިދިނެވެ.

ބޮސްނިއާގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖެހީ މަހްމިޗްއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ސްވިޒަލެންޑުގެ ކެޕްޓަން ގްރެނިޓް ޖަކާ ވަނީ ހަތަރުވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.

މެޗުގައި ބޮސްނިއާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، އެޓީމުގެ ތަރީކް މުހަރެމޮވިޗް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު ބިސްނިއާގެ ޑިފެންސަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

މި މޮޅާއެކު ސްވިޒަލެންޑުން ވަނީ ގްރޫޕްގެ ތާވަލުގައި މުހިންމު ކުރިއެރުމެއް ހޯދައި، ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.