މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ހަމަޖެއްސެވީ، ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހަކީ ގައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، 12 ނޮވެމްބަރަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
ނޮވެމްބަރު 12 ވަނަ ދުވަސް ބަންދުކުރުމުން، ޖުމްހޫރީ ދުވަހުގެ ބަންދުގެ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް ހަތަރު ދުވަސް ލިބޭޭނެ އެވެ. އެއީ އެ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަސް ލައިގެންނެވެ.


