އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރ. އިނގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ހަސަން އަހްމަދު (ހަސަންޓޭ) ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފި އެވެ.
ހަސަންޓޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
“މިއަދުން ފެށިގެން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް ނިންމައިފީމެވެ. ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނާނެ ވާހަކަ ދަންނަވަމެވެ،“ ހަސަންޓޭގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މިއީ ހަސަން އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ސޮއި ކުރެއްވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު
ރަޝިއާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ނެރެފި