ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ”އިންޑިއާ އައުޓް“ ކެމްޕޭން ފަށައިފިއެވެ.
ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ ކުރީގެ ރައީސް ޒިއާއުއް ރަހްމާންގެ އުފެއްދެވި އަދި މިހާރު އިދިކޮޅު ނެޝަނަލިސްޓު ޕާޓީ (ބީއެންޕީ) އިންނެވެ.
ބޯއެންޕީ ން ބުނީ ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ މިވަގުތު ލަންޑަނުގައި ހުންނެވި ތާރިގް ރަހްމާން އިސްކޮށް ހުންނަވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ޒިއާއުއް ރަހްމާންގެ ދަރިކަލުން ތާރިގް ރަހްމާން އާއި އޭނާގެ ފޮލޯވަރުންގެ އަމާޒަކީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓްކޮށް ބަންގްލަދޭޝްގެ ނިންމުންތައް ނިންމުމުގެ ނިންމުމުގެ އިޚްތިޔާރު އެގައުމަށް މިނިވަންކަމާއި އެކު ލިބިދިނުމާއި އެކު ޤައުމުގެ މިނިވަންކަން އިތުރަށް ކަށަވަރުކޮށްދީ، އެޤައުމުގެ ކަންކަމުގައި އިންޑިޔާގެ ދައުރު ލިމިޓްކުރުމެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިދިކޮޅުން ފަށާފައިވާ “ އިންޑިއާ އައުޓް“ ހަރަކާތުގެ ތެރެއިން އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓުކުރުމަށް ބީއެންޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި މިހާރުގެންދަނީ ވަނީ ގޮވާލަމުންނެވެ.. އަދި ބަންގްލަދޭޝަގެ ރައްޔިތުންގެންދަނީ އިންޑިއާއަކީ އެމީހުން ގެ ގާތް އެކުވެރިނޫންކަމަށްވެސް ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެމީހުން ”އިންޑިއާ އައުޓ“ް ކެންޕޭން ފަށާފައިމިވަނީ ދިވެހި ރާއްޖެ މިސާލަކަށް ބަލައިގެންކަމަށެވެ.
”އިންޑިއާ އައުޓް“ ކެމްޕެއިނާއިއެކު އެގައުމުގައި ކުރިޔަށްދާ އެއްވުންތަކުގައި އެކްޓިވިސްޓުންވަނީ އިންޑިއާއިން މާބޮޑަށް ނުފޫޒު ފޯރުވަން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅު ކަމަށެވެ.
”އަޅުގަނޑުމެންގެ ދާޚިލީ ، ސިޔާސީ މައިދާނާއި، އިޤްތިޞާދީ ކަންކަމާއި، ޤައުމީ ސަލާމަތަށް އިންޑިޔާގެ ނުފޫޒު އޮތް މިންވަރާއި މެދު ހިތްހަމަނުޖެހޭ. މި އިހުސާސް ތައް އެއްބައިވަންތަ ކުރުމަށް ”އިންޑިއާ އައުޓް“ ސްލޯގަން ބޭނުންކުރުމަކީ މިއީ ލިބުނު ކުރިއެރުމެކެވެ. ސޯޝަލް މީޑިއާއާއި އާންމުންގެ މުޒާހަރާތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދާ މި ކެމްޕެއިންގައި ގޮވާލާފައިވެއެވެ.
ގުޅުންހުރި
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
ބޮޑުވަޒީރު ހަސީނާ ފިއްލަވައިފި، ގަނޑުވަރު މުޒާހަރާ ކުރާ މީހުންގެ ބާރުގަ ދަށަށް!
އިންޑިއާގެ ލޭބަރުންނަކީ މުސީބާތެއް، ބަންގާޅީން ގެންނަން ވަގުތުން ހުއްދަ ދޭންޖެހޭ: އައްބާސް