ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފި އެވެ.
”އަހާ“ ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްތަކަކެވެ. ފުރަތަމަ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަންޕާކުގަ އެވެ. ފޯރަމް ދެ ގަޑިއިރަށް ކުރިއަށްދާނެ އެވެ.
މިރޭ ބައްވާ ފޯރަމުގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ:
- އިސްލާމިކް މިނިސްޓަރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ސައީދު
- ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު: އާއިޝަތު ޝިހާމް
- އިންފްރާންސްޓްރަކްޗާ މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބް
- ސްޕޯޓްސް މިނިސްޓަރު: އަބްދުﷲ ރާފިއު
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ވަޒީރުންގެ ޕަބްލިކް ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން އެއް މަހު އެވެ. އެ ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވާނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އެވެ. އެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ޕަބްލިކް ފޯރަމެއް ބާއްވަންވެސް ވަނީ ނިންމައިފަ އެވެ. އެ ފޯރަމުގައި ވެސް ރައްޔިތުންނަށް އެ މަނިކުފާނާ ސުވާލު ކުރެވޭނެ އެވެ.

ގުޅުންހުރި
ރައީސް، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި
އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
ނުރައްކާތެރި މެނިންގޯކޮކަލް ބަލި ފެނުނުކަން އެޗްޕީއޭ އިން ބުނީ، ބަލީގައި ޒުވާނަކު
ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް އަނެއްކާވެސް ފެނިއްޖެ
އަންނަ ހޯމަ އިން ފެށިގެން ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ، އުދައިގެ އަސަރުކުރުން
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި