މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ރުހުން ނުދޭން، މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީން ވެސް ދެންމެއަކު ނިންމައިފި އެވެ.
ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ފާސް ކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގަ އެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، އެ ޕާޓީ ގުޅިގެން ސަރުކާރު ދެކޮޅަށް މަސައްކަތް ކުރަން ނިންމާފައިވާ ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައިފަ އެވެ.
ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމާފައިވަނީ ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.
ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ބަހުސްކޮށް މިހާރު ވަނީ ނިމިފަ އެވެ.
އަދި ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަންވެސް ވަނީ ނިންމައިފި އެވެ.

ގުޅުންހުރި
ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދިރާސާ
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު