ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު މާލޭގެ މަގުމަތިން ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ޕީޖީގެ އޮފީހުން ބުނެފި އެވެ.
މިއަދު ހެނދުނު ދިން އެ ހަމަލާއާ ގުޅިގެން ޝަމީމަށް ގެންދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ޕީޖީގެ އޮފީހުން ބުނީ، އެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ޝަމީމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރައްވާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވަނީ ޕީޖީ ޝަމީމުގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.

ގުޅުންހުރި
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު