ހުޅުމާލެ ފޭސް 1 އިން ކުޑަކުއްޖަކު ގެއްލިގެން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ/ ދާރުއްސަލާމް، އާދަމް ޒިޔާން މުހައްމަދު، 15އ. އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފްލެޓް ނަންބަރު 128-4-01 އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޒިޔާން އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ ދެވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޒިޔާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭ 11:00 ޖަހާކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ ޒިޔާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.




ގުޅުންހުރި
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި