އެމްއެންޑީއެފާއި ސްޓެލްކޯ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ސިފައިންގެ ތަމްރީނުތައް ހަދާ ރަށް، ގިރުފުށީގައި ތަމްރީނުކޮށްފި އެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭ ގޮތަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު ހިދުމަތް ދިނުން ކަމަށެވެ.
އެގޮތުން އޭނާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވުމަށްފަހު، ރައީސް ޑރ މުއިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަަރު ރަނގަޅުކުރުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
”ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިން ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑާޝިޕް އެންހޭންސްމަންޓް ޓްރެއިނިން ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަހުލާގު ހަރުދަނާވެ، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ފެންވަރާއި މިންވަރުގައި ހިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތެވެ.،“ ފަހުމީގެ ޕޯސްޓުގައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދުގެ ނިޔަލަށް 120 މުވައްޒަފުން ތަމްރީނު ފުރިހަމަ ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ގުޅުންހުރި
މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި
އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި
އަންނަ އާދީއްތަ ދުވަހު ރައީސް، އިންޑިއާއަށް ވަޑައިގަންނަވަނީ
އަނބިދަރީންނަށް އަޅައިނުލުމަކީ އަނިޔާއެއް އަދި ހަރާމް ކަމެއް, ގިޔާމަތް ދުވަހުން ސުވާލު
ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަމުރުކޮށްފި
ފަތުރުވެރިކަން ފުޅާކުރުމަށް ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވިދާނެ: ޗަމްޕާ އަފީފް