އެސްޓީއޯއިން ބުނީ އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަށް ކަމަށެވެ.
އޭޖެންޓުންނަށް ހޮވޭ ފަރާރްތަކުގެ މަސައްކަތަކަށް ވާނީ އެ ކުންފުނިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ:
|
ދިއްދޫ |
ހއ |
|
ފުނަދޫ، މިލަންދޫ |
ށ |
|
ވެލިދޫ، މަނަދޫ |
ނ |
|
ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު |
ރ |
|
ތުޅާދޫ |
ބ |
|
ނައިފަރު، ހިންނަވަރު |
ޅ |
|
ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ |
ކ |
|
ރަސްދޫ، ތޮއްޑޫ |
އއ |
|
މަހިބަދޫ، މާމިގިލި |
އދ |
|
ކެޔޮދޫ |
ވ |
|
މުލަށް، ދިއްގަރު، މުލި |
މ |
|
ނިލަންދޫ |
ފ |
|
ކުޑަހުވަދޫ، މީދޫ |
ދ |
|
ތިމަރަފުށި، ވިލުފުށި |
ތ |
|
އިސްދޫ، މާވަށް |
ލ |
ކޮންމެ ރަށަކުން ދެ އޭޖެންޓުން ނެގުމަށް ހަމަޖެހިފައިވާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 މާޗް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން makita@sto.mvއީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.
އެސްޓީއޯއިން ބުނީ އޭޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިން) އިލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯގެ ވެބްސައިޓް އިންވެސް ޑައުންލޯޑް ކުރެވޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މަކިޓާ ހޮޓްލައިން 7980249 އަށް ގުޅުމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ ރަށުގެ ނަން ހިމެނުމުގެ އިތުރުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށެވެ.




ގުޅުންހުރި
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
އެސްޓީއޯއާއި ހިޓާޗީގެ ވަރުގަދަ ގުޅުމަށް 25 އަހަރު ފާހަގަކުރަން ކުލަގަދަ ހަފުލާއެއް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް