ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހައިކޯޓުން އެ މަސައްކަތް ހުއްޓުވައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމުން އެއީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެ ފަރާތުން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންދެން ގުޅިފަޅު ހިއްކުން މަޑުޖައްސާލުމަށް އަމުރެއް ނެރެފައެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ.
ހައިކޯޓުގެ މި އަމުރުގެ ސަބަބުން ކުޅިފަޅު ތަރައްގީގެ މަޝްރޫއު ލަސްވެ، ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ
އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ