އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ އައްޑުއަށް ވަޑައިގެން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ތަރައްގީއަށް އެ މަނިކުފާނު ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށްވާ ބުރިޖުގެ މަސައްކަތުގެ ޑިޒައިން އަދި ފީޒިބިލިޓީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ.
ހިލޭ އެހީގެ ދަށުން ކުރާ އެ މަސައްކަތަށްފަހު މި އަހަރުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.
”މި ސިޓީގައި ބްރިޖު އަޅަން ފަށާއިރުގައި، އެ މަޝްރޫއު ވެގެންދާނީ އަޅުގަނޑު ޔަގީންކަން މި ދެނީ އަޅުގަނޑު ދެންނެވި ގޮތަށް ޗައިނާ-މޯލްޑިވްސް ބްރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް އެތައް ރައްޔިތުންނެއް މުއްސަނދިވި ގޮތަށް، މި ސިޓީގެ ރައްޔިތުން މުއްސަނދިވާނެ މަޝްރޫއަކަށް. އެ ޔަގީންކަން އެބަ އޮތް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެ ލޯނަކުން ރައްޔިތުންނަށް މަންފާއާއި ލާބަ ލިބެންޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ނަގާފައިވާ ލޯނުތަކުން ހިންގާ މަޝްރޫއުތަކުން ރައްޔިތުންނަށްވާ ފައިދާ ކުޑަ ކަމަށާއި އިގުތިސާދަށް ފައިދާއެއް ނުވި ތަނުގައި ރައްޔިތުން މުއްސަނދިވެސް ނުވި ކަމަށެވެ.
”އަޅުގަނޑުމެން ކުރިއަށް ގެންދަން ހުރި މަޝްރޫއުތައް ކުރިއަށް ގެންދާއިރުގައި ނަގަންޖެހޭ ލޯނެއް ވިއްޔާ ނަގަމުންދާނީ އެއް ކަމަކަށް ރައްޔިތުން މުއްސަނދިވާ ގޮތަށް. ރައްޔިތުންގެ ޖީބަށް އޭގެން ފައިދާ ލިބޭ ގޮތަށް. ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ލޯނުތައް ނަގާނީ. ދެވަނަ ކަމަކަށް އެ ނަގާ ލޯނުތައް ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް، އަޅުގަނޑުމެންގެ އިގުތިސާދަށް ކަތާ މިންވަރަކުން ނެގޭ ލޯނުތައް ނަގައިގެން އިގުތިސާދު ކުރިއަރުވައި ތަރައްގީ ގެންނާނީ،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން