އިންތިހާބަކާ ނުލައި، ކުރީގެ ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދަށް އެމްޑީޕީގެ ރައީސްކަން ލިބިއްޖެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އެހެންވެ އެ މަގާމު، މިދިޔަ ނޮވެމްބަރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަގުތީ ގޮތުން އޮޮތީ ހަވާލުކޮށްފަ އެވެ.
އެމްޑީޕީގެ ރައީސްކަމުގެ އިންތިހާބު އަންނަ މަހު ދެވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައި، ކުރިމަތިލާން ހުޅުވާލީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ، މިއަދު މެންދުރު 2:00 އަށެވެ.
އެމްޑީޕީން ދެންމެ ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލީ ޝާހިދު އެކަނި ކަމަށެވެ. އެހެންކަމުން އިންތިހާބަކާ ނުލާ ޝާހިދު އެ މަގާމަށް އިންތިހާބުވެފައިވާކަން ބުންޏެވެ.

ގުޅުންހުރި
ޒޯން ބަދަލުނުކޮށް ސައިކަލު ދުއްވި ފުލުހަކަށް ފިޔަވަޅު އަޅައިފި
ހިޔާލު ހޯދުމުގެ ވޯޓް ނަގަން 4 މަސް ބޭނުންވާނެ: އީސީ
މާފަރު ސިއްހީ މަރުކަޒަށް 15 އެނދު އިތުރުކުރަން ރައީސް އަންގަވައިފި
ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ފުރާވަޑައިގެންފި
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ