ރާއްޖޭގެ އިގުތިސާދު މިއަދު ވެއްޓިފައިވާ އޮތް ހާލަތަށް ވައްޓާލީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން އެހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ މަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުން ތައާރަފުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި ކުރެއްވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށެވެ.
”ރާއްޖެ މިއަދު މިއޮތް ހާލަތުގައި މި އޮތީކީ ކޮންމެހެން ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން. އޭގެވެސް ހަގީގަތް އެނގޭނެ. ފަސް އަހަރުގެ ވެރިކަމެއް ދިޔައިރު ރާއްޖެ މި ހާލަތަށް ގެނެސްފައި މި އޮތީ އެމްޑީޕީ ވެރިކަމެއްގައި ތިބެގެން. މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގާކަށްވެސް ނޭނގެއޭ، ފައިސާ މެނޭޖުކުރާކަށްވެސް ނޭނގެއޭ، ދަރަނި ފިލުވާކަށްވެސް ނޭނގެއޭ. އެކަމަކު ދަރަނި އުފެއްދީ ކޮންބައެއްކަން ގަބޫލުކުރާކަށް ބޭނުމެއް ނުވޭ، ދައުލަތުގެ މުއައްސަސާތައް މިނިވަން ނޫން ކަމަށް ވިދާޅުވޭ، ދައުލަތުގެ މުއައްސަސާތައް މިނިވަން ނުކޮށް އަތު މުށުތެރޭގައި ގެންގުޅުނީ ކޮންބައެއްކަންވެސް އެބަ އިނގޭ،“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން ރާއްޖޭގެ ސިޔާދަތީ ބާރު ނުހިންގުނީވެސް އަދި ރާއްޖޭގެ ދެކުނުގައި އޮތް މަސްކަނޑު ވިއްކާލައި، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ، އެކަމާ ގުޅޭ ސިޓީވެސް ނުދައްކަން އުޅުނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
އެހެންވެ، މުޅި ރާއްޖެ ހަލާކުވެ، ރާއްޖޭގެ ހައިބަތު ގެއްލިގެން ދިޔަ ކަންތައްތައް ކޮށްފައި ތިބި އިރު، އެމްޑީޕީގެ އެއްވެސް މެންބަރަކަށް މަޖިލީހުން ޖާގަ ދޭންޖެހޭތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

ގުޅުންހުރި
ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ދޭނަން:
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި
އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންގެ އެލަވަންސް އަންނަ އަހަރުގެ
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް