ހއ. ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅުވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު، އެ މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ދިއްދޫ ރައްޔިތުންނާއި މުޅި އަތޮޅަށްވެސް ފައިދާ ފެންވަރުގެ ރަނގަޅު އަދި ގިނަ ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލެއް އެ ރަށުގައި އަޅައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅަން 30 މެއި 2022 ގައި ވަނީ ހަވާލުކޮށްފަ އެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ސްކީމުގެ ދަށުން އެ މަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ (ޓީސީއައިއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ޑިޒައިން ކުރުމާއި އިމާރާތް ކުރުން ހިމެނޭ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ދިއްދޫގައި ހަދާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުގައި ދިއްދޫ އާ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތަށް 303،428ރ. ވަނީ ކަނޑައަޅައިފަ އެވެ.



ގުޅުންހުރި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް