ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕާޓީ ބަދަލުނުކުރަން އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން މިރޭ ހުވާކޮށްފި އެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ޕާޓީގެ މަޖިލިސް ކެންޑިޑޭޓުންނަށް ހުވާލައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.
ފައްޔާޒު ލައިދެއްވި ހުވާގައި ބުނެފައިވަނީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކުރާ ކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ އެވެ.
އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ގެންގުޅޭ ސްލޯގަންއަކީ ”މިސްރާބު ހަމަމަގަށް“ އެވެ.

ގުޅުންހުރި
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު
ރަޝިއާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ނެރެފި