އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވުމުން އެ ކޯލިޝަން ދޫކޮށް، އަމިއްލަ ގޮތުން އެ އިންތިހާބަށް ނުކުތް ނަބީލް ޒަމީލަށް ޑެޕިއުޓީ މިނިސްޓަރު ކަން ދީފި އެވެ.
ޕީޕީއެމްގެ މަގުމަތީ ހަރަކާތުގައި ވަރަށް އިސްކޮށް އުޅުނު ނަބީލް އައްޔަންކޮށްފައި ވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓަށް މިހާރު އަޕްޑޭޓެއް ނުކުރެ އެވެ. ނަމަވެސް އެކަން ނަބީލް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ނަބީލް ވާދަކުރީ މިލަންދޫ ދާއިރާއަށެެވެ. އޭނާއާ ވާދަކޮށް އެ ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ. ޕްރައިމަރީން ބަލިވުމާ އެކު، ނަބީލް ވަނީ މުފީދަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ.
އެ ފަހުން ނަބީލު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނުކުމެ، ކެމްޕެއިންވެސް ކޮށްފަ އެވެ. އަދި އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ނަންވެސް ހުށަހެޅި އެވެ.
ނަމަވެސް ކެންޑިޑޭޓުންގެ ނަންބަރުތައްވެސް ތަރުތީބު ކުރި ފަހުން، ނަބީލް ވަނީ އަނެއްކާވެސް މުފީދަށް ތާއީދުކުރާކަން ހާމަކޮށް، އޭނާގެ ކެމްޕެއިނަށް ނުކުމެފަ އެވެ. އެ ނިންމުން ނިންމީ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތަށްވުރެ ފަހުން ކަމަށް ވުމުން، މިލަންދޫ ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ނަބީލުގެ ނަން އަދިވެސް އޮންނާނެ އެވެ.



ގުޅުންހުރި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް