އިތުބާރުކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ ކުޑަކުއްޖަކު ބްލެކްމެއިލްކޮށް، އެ ކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށް ލާން ހުކުމްކުރީ ހުސެއިން ޒާހިން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މި މައްސަލައިގައި ޖުލައި 2020 އިން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވާތީ އޭނާގެ ނަން މި ނޫހުން ހާމައެއް ނުކުރާނެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އެ ތިން ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:
- އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ
- ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަން ހާމަކޮށްގެން ހުރުމުގެ ދައުވާ
- އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ
މި ތިން ދައުވާގެ ތެރެއިން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެގެން ޒާހިނުގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
އަނެއް ދެ ދައުވާގެ ތެރެއިން ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށް ސާބިތުވެގެން ތިން އަހަރު އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެގެން، އެއްމަހާއި ހަ ދުވަހަށް ޖަލަށް ހުކުމްކުރި އެވެ.

ގުޅުންހުރި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި
މަހަށް ނުކުތް ޒުވާނުންތަކެއް މާވަހަރެއް ހޮވައިފި
ޓްރީ ޓޮޕާއި އޭޑީކޭ އިން މިދިޔަ މަހު ފަރުވާ ހޯދި މީހުނަށް
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި