އެމްޑީޕީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފި އެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު އެ މަނިކުފާނަށް އަނިޔާ ދިނީ ކޮން ބައެއްކަމާއި އޭރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅޭއްކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ.
”އެކަމަކު އެ ބޭފުޅުން މިއަދު ނުކުމެވަޑައިގެން އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަންވުމަށް ހުރަސް އަޅުއްވަނީ ޑރ. މުއިއްޒޭ، ވިދާޅުވާތީ އަޅުގަނޑު މި ދަންނަވަނީ މިވަރު ނޭނގޭ ކުޑަކުދިންހޭ ރާއްޖޭގައި މި ތިބީ، ކީއްކުރަންތޯ މި އުޅެނީ. މީގެ ހިތާމައަކީ އެ އަނިޔާ ދިން މީހުންގެ ވާހަކަ އެ އަނިޔާ ލިބުނު މީހުންނަށް މިއަދު ގަބޫލުކުރެވޭތީ،“ ޔާމީނަށް ނިސްބަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
”އެ އަނިޔާ ދިން މީހުންގެ ވާހަކަ އެ އަނިޔާ ލިބުނު މީހުންނަށް ގަބޫލުކުރެވިގެން އަޅުގަނޑު ކުރީ ރޭ ދަންނަވާލިހެން އެންމެން އެކީގެ އެއްބައިވެގެން މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދަނީ“
އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތައް ހެއްލިގެން ރައްޔިތުން އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި މި ސަރުކާރު ވެއްޓިއްޖެނަމަ ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް