އޮޔާ ދަނިކޮށް ފެނިގެން 13 ޑައިވަރުންގެ ޓީމެއް ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރި ފުލުހުންގެ ލޯންޗަކަށް އެންމެ ފުރަތަމަ ފެނުނީ، ގދ. ގަން ކައިރިން އޮޔާ ދިޔަ ދެ ޑައިވަރުން ކަމަށެވެ. ނަމަވެސް އިތުރަށް ބެލުމުން، ބެހުނު މީހުންގެ ތެރޭގައި އިތުރު މީހުން ވެސް ހިމެނޭކަން އެނގުނު ކަމަށް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މީހުން ހޯދަން ފެށި އޮޕަރޭޝަނުގައި އިތުރު މީހުން ފެނުނު ކަމަށެވެ. އޮޔާ ދަނިކޮށް ފެނުނު މީހުންގެ ތެރޭގައި ރަޝިއާގެ ދިހަ މީހުންނާއި ތިން އިންސްޓްރަކްޓަރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މީހުން ސަލާމަތް ކުރުމަށްފަހު ގދ. ގައްދޫއަށް ގެންދިޔަ ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ މޫދަށް އެރޭ މީހުންނާއި ޑައިވަރުން، މޫސުމާއި އޮއެވަރަށް ބެލުމަށް އިރުޝާދު ދީފަ އެވެ. އަދި މޫދަށް އެރޭއިރު ސަލާމަތީ އާލަތްތައް ހިފައިގެން ދިޔުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ގުޅުންހުރި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް