އާރްޑީސީއާ ގުޅޭގޮތުން ފުލުހުންނާއި އޭސީސީ ގުޅިގެން ތަހުގީގު ކުރާ މައްސަލާގައި އެކަށީގެންވާ ހެކި ހުރި ކަމެއް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި އޭސީސީ ގުޅިގެެން އެ މައްސަލަ ތަހުގީގު ކުރަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފުލުހުން ތަހުގީގު ކުރަނީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އާރްޑީސީއާ ގުޅޭގޮތުން އެމްއެމްއޭ އިން ހުށަހެޅި މައްސަލައެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޑަންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ތިން މީހެއްގެ އެކައުންޓަށް އާރްޑީސީގެ 14 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް ވިދާޅުވީ ތުހުމަތު ކުރެވޭ އެއްވެސް މީހަކާ މެދު ދައުވާ ކުރެވޭ ވަރަށް ހެކި ހުރިކަމަށް ދަންނަވަން އަދި އުނދަގޫ ކަމަށެވެ.
”އަޅުގަނޑުމެންނަށް ދަންނަވަން އުނދަގޫ މީގެ ތެރެއިން އެއްވެސް މީހަކާ މެދު އަދި ދައުވާ ކުރެވޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ލިބިފައި އެބަހުއްޓޭ,“ ނާފިޒް ވިދާޅުވި އެވެ.
އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެކަމުގެ ހަގީގަތް ހޯދަމުންނެވެ.

ގުޅުންހުރި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް