ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ދުވަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ.
ޝަހީމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1،500 މީހުންގެ އެ މިސްކިތް ހުޅުވުމުން ރޯދަ މަހަށް ފޭސް 2ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.




ގުޅުންހުރި
ވަޒީފާ އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައިފި
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ޝުޖޫނަށް ފުރައްސާރަކުރި މައްސަލަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ