ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ވަކި ޕަސެންޓަށް ކައުންސިލްތަކަށް ލިބޭނެ ގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. ކެޔޮދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ. އެގޮތުގެ މަތީން ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށް ކޮންމެ ރަށަކަށް އެ ރަށަކާ ކައިރިން ނުވަތަ ދުރުންވިޔަސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
”ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން އަޅުގަނޑު ގަސްތުކުރަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތްތަކުން މީރާއަށް ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ކޮންމެ ކައުންސިލަކަށް ލިބޭނެ ގޮތެއް ހައްދަވާނެ ކަމަށެވެ. އޭރުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރަށްރަށުގައި ކުރަން ޖެހިފައި ހުންނަ ކަންކަން ކައުންސިލްތަކުގެ އަމިއްލަ ބަޖެޓުން ކުރެވޭނެ ގޮތް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
”އޭރަށް މާ ރަނގަޅަށް ކައުންސިލަރުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ މަޝްވަރާއާ އެކު ކުރިއަށް ގެންދަން ހަމަޖެއްސޭނެ،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތަށް ބަލަން ރައީސް އަންގަވައިފި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި