ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކިރި މަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި މަހުގެ ފަހެއްގެ ކުރިން ދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ނަމަވެސް، އެ ފައިސާ އެއްކޮށްދީ ނިމިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގައި މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ޝިޔާމް ވަނީ މި މަހުގެ ފަހެއްގެ ކުރިން މަސްވެރިންނަށް ނުދީ ހުރި ފައިސާ ދައްކާ ނިންމަވާނެ ކަމަށެވެ.
އެ ފަހުން މިދިޔަ އާދީއްތަ ދުވަހު ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަ މަސް ފެށެންވާއިރަށް މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފަހެއް މާޗުގެ ކުރިން މަސްވެރިންނަށް ދޭން ވިދާޅުވި ފައިސާ ދީފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝިޔާމު ވިދާޅުވީ ފަހެއް މާޗުގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް އޭރު ދޫކުރަން ހުރި 180 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ވިދާޅުވި އެވެ.
”ފަހެއް މާޗުގައި ޑިސްޕާސް ކުރަން ފައްޓަވައިފިއޭ. އޭރުގައި ބެކްލޮގުގައި 180 މިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން، އަދި އެކިއުމިލޭޓްވާ އެއްޗަކާ އެކީގައި އަޅުގަނޑު ބަލާލި އިރުގައި، 50 މިލިއަން ޑިސްޕާސް ކުރެވުމާއެކީގައި 147 މިލިއަންވުރެ ބެކްލޮގުގައި އިނީ، އެ ފައިސާ ފިނޭންސާއި މިފްކޯ އަދި އަޅުގަނޑުމެންވެސް ހިމެނޭ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައިވާ ގޮތަށް ރޯދައިގެ ކުރިން މިހާރު އޮތް ބެކްލޮޖް ހަލާސް ކުރަން މަސައްކަތް މި ކުރަނީ،“ ޝިޔާމު ވިދާޅުވި އެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: