އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި، މުނިހޯމް ކެއާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅައިދިން މިސްކިތް މިއަދު ހުޅުވައިފި އެވެ.
ނިރޮޅު މަގުގައި އަޅާފައިވާ އެ މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދުލް ހަސަން އާދަމް“ އެވެ. ހަސަން އާދަމަކީ މުނިހޯމް ކެއާގެ ދެ ބާނީން ކަމަށް މުހުތާރު ހަސަން އަދި ނިޒާރު ހަސަންގެ ބައްޕާފުޅެވެ.
ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އެ މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ދާއިމީ ފުރަތަމަ މިސްކިތެވެ.
އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ. އެކަމަށްޓަކައި މުނި ހޯމް ކުންފުންޏަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ
ވަގު ސްލިޕު ފޮނުވި ދެމަފިރިން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދޫކޮށްލައިފި
އަޅުގަނޑާ ވާދަކުރަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ރާއްޖޭގައި ނެތް: ޔާމީން
ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
އެކްސިޑެންޓްގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު!
ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެ ދެ މީހެއްގެ ހާލު ސީރިއަސް