އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 60 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލުންވެސް ކުރަމުން އަންނައިރު، ސިޓީ ކައުންސިލުން އިއްޔެ އެކަނިވެސް ވަނީ 60 ޓަނުގެ ކުނި ނަގައިފަ އެވެ. އެ ކުނި ނަގާފައިވަނީ 26 މަގަކުންނެވެ.
ކުނި ނެގި ގޮތުގެ ތަފުސީލު:
- 1.5 ޓަނުގެ 16 ޕިކަޕުގެ ކުނި
- 2 ޓަނުގެ 1 ޕިކަޕުގެ ކުނި
- 350 ކިލޯގެ 26 ޕިކަޕުގެ ކުނި
- 3.5 ޓަނުގެ 1 ޕިކަޕުގެ ކުނި
- 3 ޓަނުގެ 7 ޕިކަޕުގެ ކުނި

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި