އެކިއެކި ކުށްތަކުގެ ތަހުގީގުގައި ވަކި މުއްދަތެއް ނެތި ވާނުވާގައި ބަންދުކޮށްފައި ތިބުން ނުވަތަ ’ވާނުވާ’ގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ ސިލްސިލާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ’ވާނުވާ‘ މައްސަލައާ ގުޅޭ ގޮތުން ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
”ގާނޫނީ ހައްލެއް މި މައްސަލައަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މި ގެންދަނީ އަދި ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ. ވާނުވާ މައްސަލައަށް ރަނގަޅު، ދާއިމީ ހައްލެއް ގެނެސްދޭނަން،“ ރައީސް ވިދާޅުވި އެވެ.
ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ’ވާނުވާ‘ ބަންދުގައި 459 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 373 މީހުންނަކީ ދިވެހިންނެވެ.




ގުޅުންހުރި
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް