ބިންވެރިޔާ ސްކީމުގެ ދަށުން 8،394 ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީއާ ހަވާލުނުވާ މީހުންނަށް އިތުރު ފުރުސަތެއް ހުޅުވާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުން ރަޖިސްޓްރީއާ ހަވާލުވުމަށް މިމަހުގެ 16 އިން 27 ގެ ނިޔަލަށް އިތުރު ފުރުސަތެއް ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތުގައި ގޯތީގެ ރަޖިސްޓްރީ/ލިޔުމަށް ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދެންވާނީ https://hiyaavehi.housing.gov.mv/ ޕޯޓަލް މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ މީގެ ކުރިންވެސް ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުން ރަޖިސްޓްރީއާ ހަވާލުވުމަށް އިތުރު ފުރުސަތެއް ހުޅުވާލި ކަމަށެވެ. އެ ފުރުސަތުގައި ރަޖިސްޓްރީއާ ހަވާލުވީ ވަރަށް މަދު ފަރާތަކުންކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން 18،955 މީހަކަށް ގޯތި ދޫކުރަން ނިންމައި 9،001 ގޯތި ވަނީ ދޫކޮށްފައެވެ. ގޯތި ދޫކުރީ ހުޅުމާލެ ފޭސް ދޭކުންނާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ.

ގުޅުންހުރި
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި
ގުޅިފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
ގުޅިފަޅު ގޯތީގެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އޭޖީ އޮފީހާ މަޝްވަރާކުރަނީ
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި