ދިވެހި އަސްކަރިއްޔާގައި އެއާ ކޯ އިފުތިތާހު ކުރުމުން ހަތުރުން ހައިރާންވެއްޖެެކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނ. މާފަރުގައި އެމްއެންޑީއެފްގެ އެއާ ކޯ އަދި ޑްރޯން ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ޑްރޯން ޓެކްނޮލޮޖީއަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިހާރު ބޭނުންކުރަމުންދާ ޓެކްނޮލޮޖީއެއް ކަމަށެވެ. ރާއްޖޭގައި ޑްރޯން ބޭނުން ކުރަން ފެށުމުގެ ސަބަބުން ސަވައިލެންސް އާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސް ކުރުމުގެ އިތުރުން ދިމާވާ ކުއްލި ހާލަތަކުން ދރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ކަމަށް ގައްސާން ވިދާޅުވިއެވެ.
”ހަށި ފޮޅާލައި އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި (ރައީސް ޑރ. މުހައްމަދު މުއިއްޒު) ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަސައްކަތުން، ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،“ ގައްސާން ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ މީގެ ކުރިން ހަނގުރާމަތަކުގައި އެއް ގައުމުން އަނެއް ގައުމަށް އަރައި ފަތަހަ ކުރިނަމަވެސް މިހާރު އެކަން އެގޮތަށް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މަސައްކަތް ކުރަނީ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވަންކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ކުރުމުގައި ގައުމުތަކުން މިހާރު ބަލަނީ ސިފައިންގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތަކަށް އޮޕަރޭޝަންތައް ބައްޓަން ކުރަންކަމަށް ގައްސާން ވިދާޅުވިއެވެ. އެހެންކަމުން ގައުމުތަކުން މިހާރު ބަރޯސާވާން ޖެހެނީ ޓެކްނޮލޮޖީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
ޑްރަގު ބޯޓުން ފެނުނީ 58.6 ކިލޯގެ ހެރޮއިން އާއި 355.9 ކިލޯގެ