މިދިޔަ 2021 ވަނަ އަހަރު މާލޭގައި ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑުރަގް މައްސަލައިގައި ދައުވާކުރި ތިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ 12 ޑިސެމްބަރު 2021 ގައި މާލޭ ބޮޑުތަކުރުފާނު މަގު މެރީ ބްރައުން ކައިރިން ޓެކްސީއެއްގައި ޑުރަގް އުފުލާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ޓެކްސީ ހުއްޓުވައި ބަލާފާސްކުރި އިރު، އޭގެ ޑިކީގައި އޮތް ލަގެޖަކާއި ދަބަހަކާއި ޑުރަގް ފެނުނު މައްސަލައެކެވެ.
މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ. ގދ ހޯޑެއްދޫއަށް ނިސްބަތްވާ އެ ތިން މީހުންނަކީ އަހުމަދު މުޖާހިދު، އަލީ ޒުބައިރު، އަހުމަދު ސުނެއިނުގެ މައްޗަށެވެ.
މި ތިން މީހުންެގެ ތެރެއިން ކުށް ސާބިތުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކިލިބިފައިވާތީ 22 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވި އެވެ. ޖޫރިމާނާގެ ފައިސާ އެއް އަހަރު ތެރޭ ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގައި ދެން ދައުވާ އުފުލި ސުނައިނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވީ އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ، ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރިއާތަށް ސާބިތު ނުވާތީ ކަމަށް ހުކުމުގައިވެ އެވެ.




ގުޅުންހުރި
ސައީދަށް ”ދުއްޕާނަކަށް“ވީ އެއާޕޯޓު މިހާރު ތަރައްގީގެ ނާރެހަކަށް!
އޭސީޕީ ޝިފާންގެ މައްސަލަތައް ކަމަށްބުނާ ރެކޯޑުތަކެއް ލީކުވުމުން ފުލުހުންނަށް އޭނާގެ ބޮޑު
ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖޭގައި
ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް، މަތީ ދަރަޖަ
ހަނިމާދޫ އެއާޕޯޓުގެ ކްރެޑިޓްވެސް މި ސަރުކާރަށް؟
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް