ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތިހު 4:50 ހާއިރު ހިނގި އެ ހާދިސާގައި މަރުވީ ހއ. ހޯރަފުށީ/ ފްރެންޒީ، ހުސައިން ޝިފާއު، 27އ. އެވެ. އޭނާ އޮތީ ވަރުގަދައަށް ކަރަންޓު ދައުރުވަމުންދާ ޓްރާންސްފޯމަރުގެ ކޭބަލްތަކުގައި ޖެހި ތަތްލާފައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ސްޓެލްކޯ އިން މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކަރަންޓުގައި ޖެހުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
ޓްރާންސްފޯމަރުތައް ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައި މިވަނީ، މާލެ އާއި ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާތީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ފަހަކަށް އައިސް ކަރަންޓު ކެނޑެމުން ދަނީ ވެސް ޓްރާންފޯމަރުތަކުން ވައްކަން ކުރުމަށް އެ ތަކެތި ނިއްވާލާތީ އާއި އެ ތަންތަނަށް ގެއްލުން ދޭތީ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން