ބޭނުންވާ ތަކެތި
- 1 ޗޮކްލޭޓް
- 4-5 މޭޒުމަތީ ސަމުސާ ކޯސްޓް ކިރު ޕައުޑަރު
- 1 ޖޯޑު ވިޕިން ކްރީމް
- ދިޔާކިރު
- މާރީ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރެއްގައި ވިޕިންގް ކްރީމް ރަނގަޅަށް ގިރާލާށެވެ. ދެން މީގެ ތެރެއަށް ކޯސްޓް ކިރު އެޅުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ.
މާރީ ބިސްކޯދުތައް ކިރަށް ލުމަށްފަހު ޓްރޭއެއްގެ ފުލުގައި ލޭޔާ ވާނޭހެން ފަތުރާލާށެވެ. ދެން މީގެ މަތީގައި ތައްޔާރުކުރި ކްރީމްކޮޅުން އެތިކޮޅެއް ފަތުރާލާށެވެ. މިގޮތައް ލޭޔާ ކުރަމުން ގެންދާށެވެ.
ޗޮކްލޭޓްކޮޅު ދިޔާކޮށްލުމަށްފަހު އެންމެ މަތީ ލޭޔާގެ މަތީގައި ޗޮކްލޭޓްކޮޅު ފަތުރާލާށެވެ.



