ބޭނުންވާ ތަކެތި
- 500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- 40ގ އަންސޯލްޓަޑް ބަޓަރު
- 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ސައިސަމުސާ ލޮނު
- 1 ސައިސަމުސާ އަސޭމިރުސް
- 1 ސައިސަމުސާ ޗިލީ ފްލޭކްސް
- 1 ޗިކަން ކިއުބް
- 30ގ ފުށް
- 100 އެމް އެލް ފެން
- 250 އެމް އެލް ދިޔާ ކިރު
- 150ގ މިކްސްޑް ވެޖް
- 1 ޕަފް ޕޭސްޓްރީ ޝީޓް
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ތެޔޮ އަދި ބަޓަރު އެޅުމަށްފަހު ފިޔާ އަދި ލޮނުމެދު އެޅުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުކުޅު، ލޮނު، އަސޭމިރުސް، ޗިލީ ފްލޭކްސް އަދި ޗިކަން ކިއުބް އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ. ދެން މީގެ ތެރެއަށް ފުށްކޮޅު އަޅައި އެއްކޮށްލާށެވެ.
އެއަށްފަހު މި ކުކުޅުކޮޅު 5 މިނެޓް ވަންދެން ހަލަމުން ކައްކާލާށެވެ. ދެން މީގެ ތެރެއަށް ކިރު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފެން ފޮދެއް އަދި މިކްސް ވެޖް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު 5 މިނެޓް ވަންދެން އަނެއްކާވެސް އުނދުން މަތީގައި ކައްކާލާށެވެ.
ޓްރޭއަކަށް ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު މީގެ މަތީގައި ޕަފް ޕޭސްޓްރީ ޝީޓް ފަތުރާލައި މީގެ މަތީގައި ބިސް ހޭކުމަށްފަހު 150 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރެވިފައިވާ އަވަން އެއްގައި މި ޕައި ފިހެލާށެވެ.

ގުޅުންހުރި
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން