އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ މެނިފެސްޓޯގައި، ރާއްޖެ އާއެކު ހީނަރުވެފައިވާ ގުޅުން އަލުން ރަނގަޅު ކުރުމަށް ހިމަނައިފިއެވެ.
ކޮންގްރެސް ޕާޓީން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް ހުށަހަޅާފައިވާ މެނިފެސްޓޯގައި، ބަޔާންކޮށްފައިވަނީ އެ ޕާޓީއަށް އިންޑިއާގެ ވެރިކަން ލިބިއްޖެނަމަ އިންޑިއާއާ އެންމެ އަވައްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށެވެ. ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ވަނީ ބަންގްލަދޭޝްއާ އެކު އިގްތިސޯދީ އަދި ސަގާފީ ގުޅުން އިތުރަށް ބަދަހިކޮށް، ސްރީ ލަންކާ އަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ރަނގަޅުކުރާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ގާތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.
ރައީސް މުއިއްޒު އެންމެ ގަދަޔަށް ކެމްޕޭނު ތެރޭގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުތރާ ގައުމަށް ފޮނުވާލާނެ ވާހަކަފުޅެވެ. ރައީސް މުއިއްޒަކީ ”އިންޑިއާ އައުޓް“ ކެމްޕޭނުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވުމުން އިންޑިއާއިން ދެކޭ ގޮތުގައި އެ މަނިކުފާނަކީ ”އެންޓި އިންޑިއާ“ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެކި ސަބަބުތަކާ ހުރެ އިންޑިއާއެކު ޒަމާނުއްސުރެ އޮތް ގާތްގުޅުން މި ސަރުކާރުގައި ވަނީ ހީނަރުވެފައެވެ.
ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ޕޯސްޓުތަކެއް ކުރުމުގެ ސަބަބުންވެސް ދެ ގައުމުގެ ނުތަނަވަސްކަން މިފަހުން އިތުރުވިއެވެ. އެ ޕޯސްޓުތަކާ ގުޅިގެން، ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް އިންޑިއާގެ ފަތުރުވެރިން ކުރިއަށް ގެންދިޔައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރާއްޖެ ބުލީ ކުރުމުގެ ލައިސަންސް އެއްވެސް ބަޔަކަށް ލިބިގެންނުވާނެ ކަމަށެވެ. އިންޑިއާގެ މީޑިއާތުން ރިޕޯޓު ކޮށްފައިވަނީ އެއީ ރައީސް މުއިއްޒު، އިންޑިއާއަށް ނުސީދާ ގޮތެއްގައި ދެއްވި ރައްދެއް ކަމަށެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ރައީސް މުއިއްޒަށް ސިހުރު ހެދި ކަމަށް ފުލުހުން ބުނާ ސިހުރުވެރިޔާ ދޫކޮށްލައިފި
ޝަމްނާޒާ ދެކޮޅަށް ސިހުރުގެ މައްސަލަ ހުށަހެޅީ ރައީސްގެ ފަރާތްޕުޅަކުން ނޫން: ސަރުކާރު
ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމެއް: ރައީސް
ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަނީ
އީޔޫ އިން ދޭ ފުރުސަތުތައް ރާއްޖެއަށް ހޯދަން ސަމޯއާ އެގްރިމަންޓުގައި ބައިވެރިވާން
ހައްޖުގެ ފުރިހަމަ އިންތިޒާާމުތަކަށް ރައީސް މުއިއްޒު ސައުދީއަށް ޝުކުރު އަދާކުރައްވައިފި