ބޭނުންވާ ތަކެތި
- 2 ¼ ޖޯޑު ފުށް
- 1 ސައިސަމުސާ ބޭކިން ސޮޑާ
- 1 ސައިސަމުސާ ލޮނު
- 1 ޖޯޑު ބަޓަރު
- ¾ ޖޯޑު ހަކުރު
- ¾ ޖޯޑު ބްރައުން ޝުގާ
- 4 ބިސް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ޗޮކްލޭޓް ޗިޕްސް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ފުށް، ބޭކިން ސޮޑާ އަދި ލޮނު ފުރާނާލުމަށްފަހު އެއްކޮށްލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ބަޓަރު، ހަކުރު، ބްރައުން ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ބިސް އަދި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް މަދުމަދުން ފުށް މިކްސް އަޅަމުން އެއްކުރަމުން ގެންދާށެވެ. އެންމެ ފަހުން މީގެ ތެރެއަށް ޗޮކްލޭޓް ޗިޕްސް އެޅުމަށްފަހު އެއްކޮށްލާށެވެ.
ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 20 – 25 މިނެޓް ވަންދެން ފިހެލާށެވެ.



