ގިނަ ސަގާފީ ކުޅިވަރުތަކާއެކު މާލޭގައި މި އަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެ އެވެ.
އެ ހަރަކާތްތައް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި 14 އެންޓަޓައިންމަންޓްގެ އިތުރުން ސިޓީ ކަންމަތި ސްޕޯޓްސް ރިކްރިއޭޝަން ކްލަބުންނެވެ.
އީދު ދުވަހު ކުރިއަށް ގެންދާ ހަރަކާތްތަކާއި ވަގުތުތައް:
- 7:00: އެކުވެރި ދަނޑުގައި އީދު ނަމާދުކުރުން
- 7:30: ދުވާ ޓްރެކުގައި އީދު ސަޔާއި ކުޑަކުދިންނަށް ހަދިޔާ ބެހުން
- 9:30: ރަސްފަންނުގައި ފެން ކުޅުން
- 4:00: އޮލިމްޕަސް ކައިރިން އާޓިފިޝަލް ބީޗަށް ބޮޑުމަހާއި މާލި ޕެރޭޑް
- 4:00: ސަގާފީ ކުޅިވަރުތައް، މަޖީދީމަގު މާފަންނު މަދަރުސާ ކައިރި
- 8:30: ސްޓޭޖް ޝޯއަކާއެކު ހަވާ އެރުވުން/ އާޓިފިޝަލް ބީޗުގައި
މި ހަރަކާތްތަކުގެ ތެރެއިން ސާދަ އެންޓަޓައިންމަންޓްގެ ފަރާތުން ކުރިއަށް ގެންދާ ފެން ކުޅުމުގެ ހަރަކާތުގައި ބައިވެރިވެވޭނީ 195 އަށް ދޭ ޓީޝާޓެއް ގަނެގެންނެވެ.
އަދި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުރިއަށް ގެންދާ މާލި ޕެރޭޑުގައި އާންމުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެންމެ ރީތި މާލި ނެރޭ މީހަކަށް ޓްރޭންކުއިލް ނެސްޓް ވާވުން ދެ މީހަކަށް ދެ ރޭގެ ހުރުން ދޭން ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ
ސޭފް ހޯމް އަޅަން 31.5 މިލިއަން ރުފިޔާ ހުޅުމާލެއިން ބިމެއް ގަނެފި
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ