ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއަށް ހުރަސް އެޅުމަށް އެސްއޯ ފުލުހުން އެތަނަށް ފޮނުވި މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފައްދާ ޖަލްސާގެ ތައްޔާރީތައްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން އެތަނަށް ގޮސް، ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އެޅުމުން ފުލުހުންނާއި ޕީއެންއެފްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގި އެވެ.
އެކަން ކޮންޓްރޯލް ކުރަން ޕެޕާ ސްޕްރޭ ބޭނުންކުރި އިރު، ފަހުން ރަޔަޓް ގިޔަރުގެ ފުލުހުން އެ ސަރަހައްދަށް ގޮސް އެއްވެފައި ތިބި މީހުން ފައްސާލި އެވެ.
އެ މައްސަލާގައި ފުލުހުން ބުނީ، އެ ޖަލްސާއަށް ހުރަސް އެޅީ ގިޔާޒުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ދޫކުރި ހުއްދަ ބާތިލުކޮށްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް ކަމަށެވެ. ނަމަވެސް އެކަން ކުރީ ރައީސްގެ ސިޔާސަތުތަކާއި އިރުޝާދުތަކާ ހިލާފަށް ކަމަށްވާތީ އެކަމުގެ ތަހުގީގެއް ހިންގުމަށް އެ މަނިކުފާނު ރޭ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.
ރައީސް އޮފީހުން މިރޭ ބުނިގޮތުގައި އެކަމާ ގުޅޭ ތަހުގީގު ރިޕޯޓް މިއަދު ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެ މަނިކުފާނު އަޅުއްވާނެ ކަމަށެވެ

ގުޅުންހުރި
ސިފައިންނަށް ވަސީލަތް ހޯދައިދޭތީ މަލާމާތްކުރާ މީހުނަށް ރައީސްގެ ރައްދު: ތިއީ ގައުމީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު