ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާން މަސައްކަތް ކުރި ކަމުގެ ތުހުމަތު އެ ކޯޓުންކޮށް، އެ މައްސަލަ ބަލަން ނިންމައިފި އެވެ.
ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާ ލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ވަނީ މި މަހު ހަތަރުވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ލިބިފައިވާ ހެކިތަކާއެކު ވަރަށް ގިނަ ތަފުސީލުތައް ހާމަކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ، ޒުބައިރު ވަނީ އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
ނަމަވެސް ފުލުހުން ބުނާ ގޮތުން އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުއްޓެވެ.

ގުޅުންހުރި
35 ލައްކަ ރުޕީސްގެ ހަދިޔާ ނުދީގެން ނޮއިދާ އަންހެނެއް ގައިގާ އޭނާގެ
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު 143 މިލިއަން ޑޮލަރަށް ވުރެ ގިނަ
ހަނިމާދޫ އެއާޕޯޓް އެންމެ ލަސްވެގެން ނޮވެމްބަރުގައި ހުޅުވަނީ
އެމެރިކާ އިން ކިތަންމެ ބޭނުންވިޔަސް އީރާން ކިޔަމަންތެރިއެއް ނުކުރެވޭނެ: އާޔަތުﷲ
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުން: ކޮންމެ ގޯއްޗަކަށް ގެއެއް، ފައިސާ ވެސް
ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓު ހުށަހަޅާ މައްސަލަތައް ފުލުހުން ބަލަނީ