އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ނޫން ކަމަށާއި އެ ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ) ކެމްޕޭނުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި އެ ވާހަކަތައް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
”އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ކޮން ވާހަކައެއްތޯ ދައްކަވަނީ؟. ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އައުލަބިއްޔަތަކުން ކުރީގެ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައޮތްވާ އެކަން ކުރަން ފަށައިފަ އޮތް ސަރުކާރެއް އަނެއްކާ ވެސް އެކިކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާ، އަޒުލުކުރުމާ މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވާން ފެށީމަ ފާޅުގަ ސާފުކޮށް މި ވިދާޅުވާން ވެސް ފެށީނުންތޯ. އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީކުރުވާ ވާހަކަ. ރަނގަޅު ޖަވާބުދާރީ ކުރުވަންޖެހޭނެ، އެކަމަކު ޖަވާބުދާރީ އެ ލަފްޒު އެ ބޭފުޅުން މާނަކުރަނީ ސަރުކާރު ވައްޓާލުމަށް. ސަރުކާރު ބަދަލުކުރުމަށް“ ރައީސް ވިދާޅުވިއެވެ.
ކޮންމެ ފަސް އަހަރަކުން ގާނޫނީ ހަމަތަކުގެ މަތިން ވޯޓު ލައިގެން ވެރިކަން ބަދަލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމާލި ނަމަވެސް ހަގީގީ ތަރައްގީ ގެނެވޭނީ ގައުމަށް ހަމަޖެހުން ގެނެވިގެން ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވީތީއާއި މިނިސްޓަރުކަން ކުރެއްވީތީ، މީހުން ހައްޔަރު ކޮށްފައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން ގެނެސް ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހު ނައްތާލަން ކަމަށެވެ. މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ރައީސް މުއިއްޒަށް ސިހުރު ހެދި ކަމަށް ފުލުހުން ބުނާ ސިހުރުވެރިޔާ ދޫކޮށްލައިފި
ޝަމްނާޒާ ދެކޮޅަށް ސިހުރުގެ މައްސަލަ ހުށަހެޅީ ރައީސްގެ ފަރާތްޕުޅަކުން ނޫން: ސަރުކާރު
ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމެއް: ރައީސް
ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަނީ
އީޔޫ އިން ދޭ ފުރުސަތުތައް ރާއްޖެއަށް ހޯދަން ސަމޯއާ އެގްރިމަންޓުގައި ބައިވެރިވާން
ހައްޖުގެ ފުރިހަމަ އިންތިޒާާމުތަކަށް ރައީސް މުއިއްޒު ސައުދީއަށް ޝުކުރު އަދާކުރައްވައިފި