މި ސަރުކާރުން ކުދި ރަށްތައް ތަރައްގީ ނުކުރާނެ ކަމަށާއި ކުދި ރަށްރަށް ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އެމްޑީޕީން އއ. ބޮޑުފުޅަދޫގައި މިއަދު ބޭއްވިޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ ބޮޑުފުޅަދޫއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ބޮޑުފުޅަދޫއަށް ވަޑައިގެން ވައުދުވެފައި ކަމަށެވެ. އެގޮތުން ބިން ހިއްކުމާއި، ފެނާއި ނަރުދަމާ އަޅައި ދިނުމަށް ވައުދުވެފައިވާނެކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އެފަދަ ކަންކަން ކުދި ރަށްރަށަށް ކޮށް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
”އެމްޑީޕީއާއި އިދިކޮޅަށް މި ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓަކަށް ވޯޓު ދިނުމަކީ ކުދި އާބާދީތަށް ތަރައްގީ ކުރުމާ އިދިކޮޅަށް ދެވޭ ވޯޓެއް. މި ރަށްތައް ތަރައްގީކުރަން ބޭނުން ކަމަށްވަންޏާ ވޯޓު ދެއްވަންވާނީ އެމްޑީޕީއަށް. ވެރިކަމުގައި ތިއްބަސް ވެރިކަމުގައި ނެތަސް އަޅުގަނޑުމެންގެ ސިޔާސަތަކީ ކުދި ރަށްތައް ތަރައްގީކުރުން.“. ސޯލިހް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް މުއިއްޒު ވަނީ ކުދި އާބާދީތަކަކީ ތަރައްގީކުރަން ޖެހޭތަނެއް ނޫން ކަމަށް ވިދާޅުވެފައިކަމަށް ސޯލިހު ވިދާޅުވިއެވެ. އެފަދަ ސިޔާސަތެއް ގެންގުޅޭ ބަޔަކަށް މަޖިލިސް ދިނަސް ކުދި ރަށްރަށް ތަރައްގީނުވާނެކަމަށް ސޯލިހު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމުގައި އޮތަސް ނެތަސް އެ ޕާޓީގެ ސިޔާސަތަކީ ކުދި ރަށްތަކަށް ބޭނުންވާ އަސާސީ ކަންކަމާއި ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެކަން ހާސިލުކުރަންކަމަށް ސޯލިހު ވިދާޅުވިއެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް: