ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ދެ މެންބަރަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައީސް އައްޔަން ކުރެއްވީ ޑރ. މޫސާ އަންވަރު ހަސަނާއި ޑރ. އަލީ ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދެ މެންބަރުންގެ ތެރެއިން ޑރ. އަލީ ޒާހިރު އައްޔަންކުރެއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރަންޖެހޭ މެންބަރެއްގެ ގޮތުގައި ކަމަށެވެ.
ޑރ. މޫސާ އަންވަރު އައްޔަންކުރެއްވީ މިނިސްޓްރީގެ ލަފާގެ މަތިން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި މިހާރު ތިއްބަވަނީ:
– ޑރ. މުހައްމަދު ރަޝީދު އިބްރާހިމް: ރައީސް އައްޔަންކުރެއްވި މެމްބަރެއްގެ ގޮތުގައި
– ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން: ރައީސް އައްޔަން ކުރެއްވި މެމްބަރެއްގެ ގޮތުގައި
– ޑރ. މޫސާ އަންވަރު ހަސަން: އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި މެމްބަރެއް
– ޑރ. އަލީ ޒާހިރު: ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަން ކުރެއްވި މެމްބަރެއް
– އައްޝައިހް އިލްޔާސް ހުސެއިން: މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި ބޭފުޅެއް




ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި