މަހަށް ނުކުތް ފަހުން ގެއްލިގެން އުޅޭ މ. މަޑުއްވަރި ދޯންޏާއި އޭގައި ތިބި މީހުން ހޯދަން އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި މަޑުއްވަރި ކައިރިއަށް ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ ރިޕޯޓެއް ރޭ 22:06 އެހާކަންހާއިރު ލިބުނު ކަމަށެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހިދުމަތަށް އެ މައުލޫމާތު ފުލުހުން ދިނީ ރޭގެ 10:45 ހާއިރެވެ. އަދި އެ ދޯނީގައި ތިބީ ތިން މީހުން ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، ’ފަރިހި 2‘ ނަމަކަށް ކިޔާ އެ ދޯނި ހޯދުމަށް މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް 114 ރޭގެ 11:20 އިން ފެށިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރޭ ދަންވަރު އެމްއެންޑީއެފް ވައިބާރުން ޑްރޯން އެ ސަރަހައްދަށް އުދުއްސާލާފައިވާ ކަމަށް ބުންޏެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި ޑްރޯން ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުގެ ފާަސްޓް އިންޓަސެޕްޓާ ކްރާފްޓް ’މާފަތް‘ ވެސް ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގުޅުންހުރި
މާފުށީ ކައިރިއަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
މާލެ ސަރަހައްދުގެ 4 ތަނެއްގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް އީދު
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނީ
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން
ގެއްލުނު 15 އަހަރުގެ ކުއްޖާ ފޭސް އެކެއްގައި ހުއްޓާ ފެނިއްޖެ
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި