މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް އއ. ރަސްދޫ އަދި އއ. ތޮއްޑޫއަށް، މާފަޅުގެ ބައެއް ދީފިއެވެ.
މާފަޅުގެ ބައެއް ރަސްދޫ އަދި ތޮއްޑޫ އަށް ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ކުރިމަތި ރިސޯޓު އޮންނަ މާފަޅަކީ ރަސްދުއާ ހަ ކިލޯ މީޓަރު ދުރުގައި، އަދި ތޮއްޑުއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެކެވެ.
އެެ ފަޅުން ކޮންމެ ރަށަކަށް ވެސް ދީފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.


