ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިހް މޫސާ ޖަމީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ޝައިހް މޫސާ ޖަމީލު ދީދީއަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާ އެވެ.
ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.



