ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކޮށްފި އެވެ.
މިއީ ނޫސްވެރިންނަށް، ރައީސް އޮފީހުގެ ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން އެގޮތަށް އެންގީ، މިއަދު ހެނދުނު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިންނަށެވެ. ނަމަވެސް އެކަން މީގެ ކުރިން ނޫސްވެރިންނަށް އަންގާފައިނުވާތީ، ފޯނާ ނުލައި ޕްރެސް ރޫމަށް ވަނުމަށް ނޫސްވެރިން ދެކޮޅު ހެދި އެވެ.
އެހެންވެ ރައީސް އޮފީހުން ވަނީ މިއަދުގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ދީފަ އެވެ. ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން މިއަދު ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށެވެ.

ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް