ފުލުހުންގެ އިސް އޮފިސަރެއް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޒިޔާދު، 44، ނިޔާވީ ގޭގެ ފާހާނާގައި ހުއްޓައި ކުއްލިއަކަށް ވެއްޓުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ޒިޔާދު ފުލުހުންގެ ހިދުމަތާ ގުޅުނީ، ފުލުހުންނާއި ސިފައިންނާ އެއްކޮށް އޮތް ދުވަސްވަރެވެ. ނަމަވެސް ފަހުން ދެ މުއައްސަސާ ވަކިކޮށްލުމުން ރަސްމީކޮށް ފުލުހުންގެ ހިދުމަތާ ގުޅުނެވެ. އަދި އޭނާގެ ހިދުމަތަށް އަންނަ މަހުގެ 22 ގައި 27 އަހަރު ފުރޭނެ އެވެ.
ޒިޔާދު ވަނީ މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އޭނާ ނިޔާވި އިރު، އޭނާ ހުރީ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ.
ޒިޔާދުގެ ކަށު ނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ގުޅުންހުރި
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން
ދުނިޔޭގެ އެންމެ ހިތްހެޔޮ ފަޑިޔާރު، ފްރޭންކް ކަޕްރިއޯ މަރުވެއްޖެ
ސެންޓްރަލައިޒްޑް އެލްޕީޖީ: ސްމާޓް ނިޒާމެއް, ރައްކާތެރިކަން ޔަގީންވެ, ފައިދާ ބޮޑު!
އެސްޓީއޯގެ ޑެވޮންޑޭލް ޕްރޮމޯޝަން މުޅި ރާއްޖެއަށް، އެއްވަނަ އިނާމަކަށް 50،000ރ.
ބަންޑާރަ މިސްކިތުގެ ސީލިންގަ ރޯވި އަލިފާން ނިއްވާލައިފި
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ